29 ޖެނުއަރީ 2025
ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ، އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހައިކޮމިޝަނަރ ހިޒްއެކްސެލެންސީ ޝްރީޖީ. ބާލާސްބްރަމަނިއަމް އާއި ބައްދަލުކުރައްވައިފިއެވެ.
މި ވުޒާރާގައި ބޭއްވި މި ބައްދަލުވުމުގައި ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް، ދެ ޤައުމު ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. އެގޮތުން އިންޑިއާގެ ދަނޑުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަންނީ މާހިރުންގެ އެހީގައި ރާއްޖޭގެ ދަނޑުވެރިކަމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، އެ ޤައުމުގެ ދަނޑުވެރިކަމުގެ އުފެއްދުންތައް މާކެޓްކުރާ ޖަމާއަތްތަކާއި ގުޅިގެން ރާއްޖޭގެ ދަނޑުވެރިކަމުގެ އުފެއްދުންތައް މާކެޓްކުރެވިދާނެ ވަސިލަތްތައް ގާއިމްކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ފުޑް ސެކިއުރިޓީ އާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.
މި ބަައްދަލުވުމުގައި ދަނޑުވެރިކަމުގެ ދާއިރާގެ އިތުރުން ދިރޭތަކެތީގެ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދެ ޤައުމު ގުޅިގެން ކުރެވިދާން ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
މީގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖޭގައި މަތީތައުލީމުގެ ފުރުސަތުތަށް އިތުރުކުރުމާއި ގުޅޭގޮތުންވެސް ދެ ބޭފުޅުންގެ ވާހަކަފުޅުގައި ވަނީ މަޝްވަރާކުރައްވާފައެވެ.
އިންޑިއާ އަކީ ދަނޑުވެރިކަމުގެ ދާއިރާގައި ސަރަހައްދުން އެންމެ ކުރިއަރާފައިވާ ޤައުމެވެ. އަދި ބޭރުން އެތެރެކުރާ ކާބޯތަކެތީގެ ތެރޭގައި އިންޑިއާއިން އުފައްދާ ބާއްވަތްތައް ގިނައެވެ..