ބީސީސީއިން، ވަޒީރު ޑރ. މަރިޔަމް މާރިޔާ އާއި ބައްދަލުކުރައްވައިފި

29 ޖެނުއަރީ 2025

ބިޒްނަސް ސެންޓަރ ކޯރޕަރޭޝަން (ބީ.ސީ.ސީ) ގެ އިސްވެރިން ވަޒީރު ޑރ. މަރްޔަމް މާރިޔާ އާއި ބައްދަލުކުރައްވައިފިއެވެ.

މި ވުޒާރާގައި ބޭއްވި ބައްދަލުވުމުގައި ބީސީސީ އިން މޭ މަހު ބޭއްވުމަށް ތައްޔާރުވަމުންދާ " ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒު" އާއި ގުޅޭގޮތުން މައުލޫމާތު ވަނީ ވަޒީރާ އާއި ހިއްސާކުރައްވާފައެވެ. އެގޮތުން މައުރަޒުގައި މި ވުޒާރާ އާއި ގުޅިގެން ކުރެވިދާނެ ކަންކަމާއި ބެހޭގޮތުންނާއި، ދަނޑުވެރިންނަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުން ވަނީ މައުލޫމާތު ހިއްސާކުރައްވާ މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން ދަނޑުވެރިކަމުން އުފައްދާ ކާބޯތަކެތީގެ މާކެޓްކުރުމުގައި ދަނޑުވެރިންނަށްހުރި ގޮންޖެހުންތައް ހައްލުކުރުމުގައި ބީސީސީ އާއި މި ވުޒާރާ ގުޅިގެން ކުރެވިދާނެ ކަންކަމުގެ އިތުރުން، ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތަށް ޅަ އުމުރުގައި ކުދިންގެ ޝައުޤުވެރިކަން އިތުރުކުރުމުގެ މުހިންމުކަމާއި، އެކަމުގައި ކުރެވިދާނެ ކަންކަމާއި ގުޅެގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.

ގުޅުންހުރި ހަބަރު
އިތުރު ހަބަރު