26 ޖޫން 2024
ވަޒީރު ޑރ. ޢާއިޝަތު ރަމީލާ، ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ފާޠިމަތު ސަޢުދާއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގައި މިއަދު ހެދުނުގެ ވަގުތެއްގައެވެ.
މި ބައްދަލުކުރެއްވުމުގައި ނިލަންދޫ ދާއިރާގައި، މި ވުޒާރާއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު މެންބަރު ސަޢުދާ އޮޅުންފިލުއްވެވިއެވެ. މީގެ އިތުރުން ނިލަންދޫދާއިރާގައި ދަނޑުވެރިކަން ކުރިއަރުވައި ރައްޔިތުންނަށް އެއިން ނަފާ ހޯދޭނެގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނު.
ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއަރުވާ ޒަމާނުއްސުރެ ދަނޑުވެރިކަން ކުރަމުން އަންނަގޮތަށްވުރެ ރަނގަޅު އަދި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމަށް ދަނޑުވެރިންގެ މެދުގައި ޝައުގުވެރިކަން އުފައްދާ އަދި އަޙުލުވެރިކުރުވުމާއި ގުޅޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނެވެ.