ތ.ދިޔަމިގިލީގެ ދަނޑުވެރިކަން ތަރައްޤީކުރުމަށް މަޝްވަރާކޮށްފި

28 އޯގަސްޓު 2024

ތ.ދިޔަމިގިލީގެ ދަނޑުވެރިކަން ތަރައްޤީކުރުމާއި ދަނޑުވެރިންނަށް އިތުރު ތަމްރީނު ދިނުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް، އެ ރަށު ކައުންސިލްގެ ޓީމަކުން މިއަދު މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ އިސްވެރިންނާ ބައްދަލުކޮށްފިއެވެ.

މި ބައްދަލުވުމުގައި ތ.ދިޔަމިގިލީގެ ދަނޑުވެރިކަން ތަރައްޤީކުރުމާއި، ދަނޑުވެރިންނަށް އިތުރު ތަމްރީނު ދިނުމާއި، އަދި ޒަމާނީ ދަނޑުވެރިކަން އެ ރަށަށް ތަޢާރަފްކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ތ.ދިޔަމިގިލީ ކައުންސިލްގެ މެންބަރުން ހިމެނޭގޮތަށް އެ ރަށު ކައުންސިލްގެ ޓީމަކާއި މިނިސްޓްރީގެ އިސްވެރިންނެވެ. މިއީ ތ.ދިޔަމިގިލީގެ ދަނޑުވެރިކަން ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ބެލެވެއެވެ.

ގުޅުންހުރި ހަބަރު
އިތުރު ހަބަރު