ސޯޝަލް، އެންވަޔަރމަންޓް އެންޑް ކްލައިމެޓް އެސެސްމަންޓް ޕްރޮސީޖަރސް (ސީކެޕް) ޓްރެއިނިންގ

07 އޯގަސްޓު 2024

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އަދި އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) އާއި ގުޅިގެން ހިންގަމުންގެންދާ 'މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)' ގެ 5 މުވައްޒަފަކު ސޯޝަލް، އެންވަޔަރމަންޓް އެންޑް ކްލައިމެޓް އެސެސްމަންޓް ޕްރޮސީޖަރސް (ސީކެޕް) ޓްރެއިނިންގ އެއް ފުރިހަމަ ކުރުމަށްޓަކައި ނިއުދިއްލީ، އިންޑިއަށް ވަޑައިގެންފައެވެ.

މެޕް ޕްރޮޖެކްޓްގެ ހަރަކާތްތައް ހިންގުމުގައި އިފާޑްގެ ސީކެޕް މިންގަނޑުތަކެއް ހިފަހައްޓަންޖެހޭތީ، މި މިންގަނޑުތަކަށް އަޙުލުވެރިކުރުމަށްޓަކައި އިންޑިއާގައި ބާއްވާ މި ތަމްރީނުގެ ހުރިހާ ޚަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ ޕްރޮޖެކްޓް ގެ ގްރާންޓް ކޮމްޕޯނަންޓްގެ ދަށުންނެވެ.

އަދި މިއީ އިންޑިއާ، ސްރީލަންކާ އަދި ދިވެހިރާއްޖޭގައި ކުރިއަށްދާ އިފާޑްގެ ޕްރޮޖެކްޓް ތަކުގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓްތަކަށް އިފާޑް އިން އިންތިޒާމް ކުރާ ތަމްރީނެކެވެ.

ގުޅުންހުރި ހަބަރު
އިތުރު ހަބަރު