17 ސެޕްޓެމްބަރު 2024
އިންޓަރނޭޝަނަލް ފަންޑް ފޮ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑު) އާއި ދިވެހި ސަރުކާރު ގުޅިގެން މި މިނިސްޓްރީން ކުރިއަށް ގެންދާ މޯލްޑިވްސް އެގްރިބިޒިނަސް ޕްރޮގްރާމް (މެޕް)ގެ ފަރާތުން ކުރިއަށްދާ ޕްރޮގްރާމްތައް ކުރިއަށް ގެންދާ ރަށްތަކުގައި ނިއުޓްރިޝަންއާ ގުޅޭ ކަންކަމުގައި ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
މި ސެޝަންތަކުގެ މައިގަނޑު މަޤްސަދަކީ އާއްމު ދިރިއުޅުމުގައި ސިއްޙަތަށް ފައިދާ ހުރި ކާނާ ބޭނުންކުރުމާއި، ރަށުން ލިބެން ހުންނަ ފައިދާ ހުރި ކާނާ ކޮންމެ ދުވަހެއްގެ ކެއުމކެއުމުގައި ބޭނުންކުރުމުގެ މުހިއްމުކަމާއި ގުޅޭ ގޮތުން ރަށުގެ ރައްޔިތުން ހޭލުންތެރިކުރުވުމެވެ.
އެގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީއާ ގުޅިގެން ހދ. ނޭކުރެންދޫގައި ނިއުޓްރިޝަން އެވެއަރނަސް ސެޝަންއެއް 16 ސެޕްޓެމްބަރު 2024ގެ 14:00 ގައި ކުރިއަށް ގެންދެވިފައިވެއެވެ. މި ސެޝަންގައި 12 ބޭފުޅުން ބައިވެރިވެފައިވެއެވެ. ހަމަ މިއާއެކު ގްރީންހައުސްގައި މެލަންއާއި ކިއުކަމްބާ އިންދާ ހެއްދުމުގެ އަތްމަތީ ފޮތުގެ 17 ކޮޕީ ކައުންސިލަށް ހަވާލުކުރެވިފައެވެ .