ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރިއަށް ގެންދެވޭ ދަނޑުވެރިކަމުގެ ސެންސަސްގައި ބޭނުންކުރާ ސުވާލުކަރުދާސް ޓެސްޓް ކުރުމައް މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއައިން ފ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާއިފި

11 އޯގަސްޓު 2024

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރިއަށް ގެންދެވޭ ދަނޑުވެރިކަމުގެ ސެންސަސްގައި ބޭނުންކުރާ ސުވާލުކަރުދާސް ޓެސްޓް ކުރުމާއި ދަނޑުވެރިންނާއި ބައްދަލުކޮށްލެއްވުމަށް މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ އާއިޝަތު ރަމީލާ ފ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މާލެ ވަޑައިގެންފިއެވެ. މިއީ މުޅި ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރިއަށް ގެންދެވޭ ދަނޑުވެރިކަމާއި ގުޅޭ ބޯހިމެނުމެކެއެވެ.

ދަނޑުވެރިކަމުގެ މި ބޯހިމެނުމަކީ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އާއި، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އާއި ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެކެއެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ޑރ. ޢާއިޝަތު ރަމީލާ ވަނީ ފ. އަތޮޅު ދަނޑުވެރި ރަށްތަކަށްވެސް ޒިޔާރަތްކުރައްވާފައެވެ. އޮގަސްޓްމަހުގެ 8 ވަނަ ދުވަހު ފ. މަގޫދޫ އަށް ވަޑައިގެން ރަށު ކައުންސިލްއާއި ބައްދަލުކޮށް އެ ބޭފުޅުންގެ ކަންބޮޑުވުންތައް އައްސަވާ ދަނޑުވެރިކަން ކުރާ ސަރަހައްދުގެ ޙާލަތު ބެއްލެވުމުގެ ގޮތުން ދަނޑުތަކަށް މިނިސްޓަރ ޑރ އައިޝަތު ރަމީލާ ވަނީ ޒިޔާރަތް ކުރައްވާފައެވެ.ހަމަ އެ ތާރީޚްގައި ފ. ދަރަނބޫދޫ ކައުންސިލް އިދާރާގެ ބޭފުޅުން އަދި ރަށުގެ ދަނޑުވެރިންނާއިވެސް މިނިސްޓަރ ވަނީ ބައްދަލު ކުރައްވާފައެވެ. މި ބައްދަލުވުމުގައި މިނިސްޓްރީއާއި ދަރަނބޫދޫގެ ކައުންސިލް ގުޅިގެން ދަނޑުވެރިކަން ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން ދިހަ އެއް އޮގަސްޓްގައި ފ. ނިލަންދޫ ކައުންސިލްގެ ބޭފުޅުންނާއި، އަދި ފ. އަތޮޅު ކައުންސިލްއާއިވެސް މިނިސްޓަރ ވަނީ ބައްދަލު ކުރައްވާފައެވެ.

ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިނިސްޓަރ ރަމީލާ އެނބުރި މާލެ ވަޑައިގެންފައިވަނީ ދިހައެއް އޮގަސްޓްގައެވެ.

ގުޅުންހުރި ހަބަރު
އިތުރު ހަބަރު