ޕެޓް ކެއަރ ފެސިލިޓީގެ ބިމުގައި ގަސް އިންދުމުގެ އިތުރު ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފި

11 ޖުލައި 2024

ކުރިއަށް އޮތް 5 އަހަރުތެރޭގައި ރާއްޖޭގައި 5 މިލިއަން ގަސް އިންދުމަށް އަމާޒުކޮށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފައްޓުވައިދެއްވި ޕްރޮގްރާމްގެ ދަށުން، ގްރޭޓަރ މާލެ އޭރިއާގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ޕެޓް ކެއަރ ފެސިލިޓީގެ ބިމުގައި ގަސް އިންދުމުގެ އިތުރު ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފިއެވެ.

މިހަރަކާތުގައި މި މިނިސްޓްރީގެ އިސްބޭފުޅުންނާއި އެނިމަލް ވެލްފެއަރ ކޮމިއުނިޓީ ބޭފުޅުންނާއި މާލެ ސިޓީ މޭޔަރ އާދަމް އާަޒިމް އާއި އެ ކައުންސިލުގެ އިސްބޭފުޅުން އަދި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވި.

ދިވެހިރާއްޖެ ފެހިކުރުމަށާއި، ގަސްތަކުގެ މާހައުލީ ނިޒާމްތައް ރައްކާތެރިކޮށް ދެމެހެއްޓުމާއި އަދި މޫސުމީ ބަދަލުން ދިމާވާ ނުރައްކާތަކަށް ދިވެހިރާއްޖޭގެ ވިލުންތެރިކަން އިތުރުކުރުމަށްޓަކައި 5 އަހަރު ތެރޭގައި، 5 މިލިއަން ގަސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިންދުމުގެ މަޝްރޫޢެއް ކުރިއަށް ގެންދިއުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

ގުޅުންހުރި ހަބަރު
އިތުރު ހަބަރު