06 އޯގަސްޓު 2024
މޯލްޑިވްސް – ސިޗުއާން ޓްރޭޑު އެންޑު އިންވެސްޓުމަންޓު ކޯރޕަރޭޝަން ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ. އައިޝަތު ރަމީލާ ބައިވެރިވެ ވަޑައިގެންފިއެވެ.
ރާއްޖެއާއި ޗައިނާގެ ސިޗުއާން ޕްރޮވިންސްއާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް ބޭއްވި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި
އެ ގައުމުގެ ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އެންޑް ރޫރަލް އެފެއާޒް' އާއި 'ސިޝުއަން އެކަޑެމީ އޮފް އެގްރިކަލްޗަރަލް ސައިންސާ' އާއި މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ދެމެދު އެމް.އޯ.ޔޫ އެއް ގައި ވަނީ ސޮއިކުރައްވާފައެވެ.
މީގެ އިތުރުން މިރަސްމިއްޔާތުގައި ޗައިނީސް ޔުއާންގެ 100،000 އަގު ހުރި މެޝިނެރީސް އާއި ޓެސްޓް ކިޓް ތަކެއް ޗައިނާގެ ސިޝުއާން ޕްރޮވިންޝިއަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އެންޑް ރޫރަލް އެފެއާޒްގެ ފަރާތުން ރާއްޖޭގެ ދަނޑުވެރިންނަށް ވަނީ ހަދިޔާ ކުރައްވާފައެވެ. މިތަކެއްޗާއި ރަމްޒީ ގޮތުން ހަވާލުވެ ވަޑައިން ނެވީ މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ. އައިޝަތު ރަމީލާއެވެ.