މިނިސްޓަރ ޢާއިޝަތު ރަމީލާ އެސްޓީއޯގެ އެމްޑީއާ ބައްދަލުކުރައްވައިފި

26 ސެޕްޓެމްބަރު 2024

މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ. ޢާއިޝަތު ރަމީލާ އާއި މިނިސްޓްރީގެ އިސް ބޭފުޅުން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޝިމާދު އިބްރާހިމާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި އެގްރޯނެޓާ ގުޅުންހުރި މަސައްކަތްތަކާއި، ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. މީގެ އިތުރުން، އުތުރު ތިލަފަޅުގައި ތަރައްޤީކުރުމަށް ނިންމަވާފައިވާ ދަނޑުވެރިކަމުގެ އިޤްތިޞާދީ ސަރަޙައްދުގެ މަޝްރޫޢުއާ ގުޅޭގޮތުންވެސް ދެފަރާތުން މަޝްވަރާކުރެއްވިއެވެ.

ގުޅުންހުރި ހަބަރު
އިތުރު ހަބަރު