26 އޯގަސްޓު 2024
މޯލްޑިވްސް ނެޝެނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ 19ވަނަ ހިންގާ ކޮމިޓީގެ މެމްބަރުން މިނިސްޓާރަށް ތަޢާރަފް ވުމުގެ ގޮތުން މިނިސްޓަރ ޑރ. ޢައިޝަތު ރަމީލާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިބައްދަލުކުރެއްވުމުގައި އެ އެސޯސިއޭޝަންގެ ކުރިމަގާއި އިންޑަސްޓްރީގެ މަސައްކަތްތައް ހުށަހަޅުއްވައި ދެއްވިއެވެ. އަދި މިނިސްޓްރީއާ އެސޯސިއޭޝަންއާއި ގުޅިގެން ދާއިރާގެ ތަރައްޤީއަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކުރެއްވިއެވެ.