ޅ.ނައިފަރު އީކޯ ޔޫތު ޖަމިއްޔާއާއި ޖަޕާންގެ ނިކަ ޖަމިއްޔާއިން އާރބަން ފާމިންގ ހަރަކާތާ ބެހޭ މަޢުލޫމާތު ވަޒީރާއި ހިއްސާކޮށްފި.

09 ސެޕްޓެމްބަރު 2024

ޅ. ނައިފަރު އީކޯ ޔޫތު ޖަމިއްޔާއާއި ޖަޕާންގެ ނިކަ ޖަމިއްޔާ ގުޅިގެން ނައިފަރުގައާއި ރާއްޖޭގެ އެކި ސުކޫލް ތަކުގައި ހިންގާ އާރބަން ފާމިންގެ ހަރަކާތްތަކާ ގުޅޭ މަޢުލޫމާތު މިއަދު ވަނީ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓަރ ޑރ. އައިޝަތު ރަމީލާ އާއި ހިއްސާކޮށްފައެވެ.

މި ބައްދަލުވުމުގައި، އާރބަން ފާމިންގ ހަރަކާތްތަކުގެ ދަށުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާއި، ކުރިއަށް ރޭވިފައިވާ ޙަރަކާތްތަކުގެ މަޢުލޫމާތު މިނިސްޓަރަށް އެރުވިއެވެ. މީގެ އިތުރުން، މިމަސައްކަތުގެ ސަބަބުން ރަށްރަށުގެ ފުޑް ސެކިއުރިޓީއަށް ކުރާނެ ފައިދާތަކާ ބެހޭ ގޮތުންވެސް މަޝްވަރާކުރިއެވެ.

މިނިސްޓަރ ޑރ. ރަމީލާ ވިދާޅުވީ، މިފަދަ މަޝްރޫޢުތަކަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ކާބޯތަކެތި އުފެއްދުމަށް ވަރަށް މުހިންމު މަޝްރޫޢުތަކެއް ކަމަށެވެ. އަދި މި މަސައްކަތުގައި ސުކޫލް ކުދިންނާ އަދި ޒުވާނުން ބައިވެރިކުރާކަމީ އުފާކުރަށްވާ ކަމެއް ކަމުގައިވެސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޖަޕާންގެ ނިކަ ޖަމިއްޔާގެ ފަރާތުން ބައިވެރިވި ބޭފުޅުން ވިދާޅުވީ، ރާއްޖޭގައި އާރބަން ފާމިންގ ކުރިއެރުވުމަށް އެ ޖަމިއްޔާއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި މި ދާއިރާއިން ރާއްޖޭގެ ސުކޫލް ކުދިންނަށާ އަދި ޒުވާނުންނަށް ތަމްރީނު ދިނުމަށްވެސް ތައްޔާރަށް ތިބިކަމުގައި ވިދާޅުވިއެވެ

ގުޅުންހުރި ހަބަރު
އިތުރު ހަބަރު