13 އޯގަސްޓު 2024
ހުޅުމާލޭ ފޭސް ދޭއްގައި އަޅަމުން އަންނަ ކެޓް ޝެލްޓަރ އަށް ފެނާއި ނަރުދަމާ އެޅުމާއި ގުޅޭ ގޮތުން މޯލްޑިވްސް ވޯޓާރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ އިސްބޭފުޅުންނާއި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ ޑެޕިއުޓީ މިނިސްޓަރ ފާތިމަތު ޒުހުރާއެވެ.
އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓްރީގައި މިމަހުގެ ތޭރަ ވަނަ ދުވަހު ކުރިއަށް ދިޔަ ބައްދަލުވުމުގައި ކެޓް ޝެލްޓަރ އަށް ފެނާއި ނަރުދަމާ ފޯރުކޮށްދިނުމަށް ކުރަން ހުރި ކަންތައްތަކާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގައި މިނިސްޓްރީގެ އެނިމަލް ވެލްފެއަރ ޑިޕާރޓްމަންޓްގެ އިސްވެރިން ބައިވެރިވެ ވަޑއިގެންނެވިއެވެ.