07 އޯގަސްޓު 2024
އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)ގެ އިންޑިޕެންޑެންޓް އިވެލުއޭޝަން އޮފީހުގެ ޓީމެއް މިއަދު ވަނީ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލަފެއަރ ގެ އޮފިޝަލުންނާއި ބައްދަލުކުރައްވާފައެވެ.
މި ޓީމަކީ އިފާޑްގެ އެހީގައި ރާއްޖޭގައި ހިނގަމުންގެންދާ އަދި ކުރިން ހިންގާފައިވާ އިފާޑްގެ މަޝްރޫޢުތަކުގެ އިވެލުއޭޝަނެއް ހެދުމަށް ރާއްޖެއަށް ޒިޔާރަތްކުރަމުންގެންދާ ޓީމެކެވެ.
މި އިވެލުއޭޝަންގެ މައިގަނޑު މަޤްޞަދަކީ ކުދި ޖަޒީރާ ޤައުމުތަކުގައި އިފާޑް އިން ކުރިން ކުރިއަށްގެންގޮސްފައިވާ މަސައްކަތްތަކުން މުހިންމު ފިލާވަޅުތަކެއް ނަގައި، އެ ޤައުމުތަކުގެ ދެމެހެއްޓެނިވި ތަރައްޤީއަށް ކުރިމަގުގައި އެކުލަވާލާ ސްޓްރެޓެޖީތަކާއި ހިންގާ މަޝްރޫޢުތައް އިތުރަށް ހަރުދަނާކުރުމެވެ. މި ޓީމުގެ ފަރާތުން ޕްރޮޖެކްޓްގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.