10 ސެޕްޓެމްބަރު 2024
ހދ. ކުމުންދޫ ކައުންސިލްގެ މެންބަރުން ހިމެނޭ ޓީމެއް، މިނިސްޓްރީގެ އިސްވެރިންނާއި މިއަދު ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރުމުގައި ކުމުންދޫގެ ދަނޑުވެރިކަން ކުރިއެރުވުމާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރިއެވެ. މީގެ ތެރޭގައި ދަނޑުވެރިންނަށް އިތުރު ތަމްރީނު ދިނުމާއި، އެ ރަށުގެ ދަނޑުވެރިކަން ތަރައްގީކުރުމަށް ކުރިޔަށް ރާވައިފައިހުރި ކަންތައްތަކާއި ގުޅޭ ގޮތުން ޚިޔާލު ބަދަލުކުރެވުނެވެ.
ކުމުންދޫ ކައުންސިލުން މި ބައްދަލުވުމުގައި ބައިވެރިވެފައިވަނީ ރަށުގެ ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ހޯދުމުގެ މަޤްޞަދުގައެވެ. ކުމުންދޫގެ ދަނޑުވެރިކަން ތަރައްޤީކުރުމަށް އެހީތެރިވެދޭނެ ކަމުގެ ޔަޤީންކަން މިބައްދަލުވުމުގައި މިނިސްޓްރީގެ ފަރާތުން ދެއްވިއެވެ.
ކުމުންދޫގައި ދަނޑުވެރިކަންއާލާކުރުމަށް އެކަށައަޅާފައިވާ ޕްލޭންގެ ތެރެއިން އައު ދަނޑުވެރިންތަކެއް އުފެދިގެންދާނެ ކަމުގެ އުންމީދު އައުވެގެން ދިޔައެވެ.