20 އޯގަސްޓު 2024
ގއ. ގެމަނަފުށީ ކައުންސިލާއި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ އިސްވެރިން މުހިންމު މަޝްވަރާއެއް ބާއްވައިފި.
މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގައި ބޭއްވުނު މި ބައްދަލުވުމުގައި، ގއ. ގެމަނަފުށީގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ގއ. ބިހުރެހާ ރަށުން އެ ރަށުގެ ދަނޑުވެރިންނަށް ބިން ދޫކުރުމާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރެވުނެވެ. މި ބައްދަލުވުމަކީ ސަރަޙައްދީ ތަރައްޤީއަށް މަގުފަހިކޮށްދޭނެ ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.