ފުވައްމުލަކު ސިޓީ ކައުންސިލްގެ ވަފުދެއް، އެގްރިކަލްޗަރ ސެންޓަރަށް ޒިޔާރަތެއް ކުރަށްވައިފިއެވެ.

28 އޯގަސްޓު 2024

ފުވައްމުލަކު ސިޓީ ކައުންސިލްގެ މޭޔަރ އިސްމާޢީލް ރަފީޤް އާއި ކައުންސިލްގެ އިސް އޮފިޝަލުންގެ ވަފުދެއް، މިއަދު މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރއިން ހދ. ހަނިމާދޫގައި ހިންގަމުންދާ އެގްރިކަލްޗަރ ސެންޓަރަށް ރަސްމީ ޒިޔާރަތެއް ކުރަށްވައިފިއެވެ. މި ޒިޔާރަތުގައި، ސެންޓަރުގައި ކުރިއަށްގެންދާ ދިރާސާތަކާއި މަސައްކަތްތައް ގާތުން ބައްލަވާލައްވާފައިވެއެވެ. އަދި ސެންޓަރުގެ އިސް ބޭފުޅުން، އެތަނުގައި ކުރެވެމުންދާ މުހިންމު މަސައްކަތްތަކުގެ ތަފްޞީލީ މަޢުލޫމާތު ވަފުދަށް ފޯރުކޮށްދެއްވައި، ޒަމާނީ ދަނޑުވެރިކަމާ ގުޅޭ ފަންނީ މަޢުލޫމާތު ހިއްސާކުރެއްވިއެވެ. މި ޒިޔާރަތަކީ ދެފަރާތުގެ މެދުގައި މުހިންމު މަޝްވަރާތަކެއް ކުރެވި، ގުޅުން ބަދަހިވެގެންދިޔަ ޒިޔާރަތެކެވެ.

ގުޅުންހުރި ހަބަރު
އިތުރު ހަބަރު