31 ޖުލައި 2024
މާލެ ސަރަހައްދުގެ ޕާރކްތަކާއި މަގުމަތީގައާއި އަދި މިނޫންވެސް އާއްމުން އެއްވެ އުޅޭ ސަރަހައްދުތަކުގައި ބުޅާތައް ގިނަވެފައިވުމުން، އެ ބުޅާތަކަށް ލިބެމުންދާ އަނިޔާތަކާއި އަދި ތަފާތު ބަލިތައް ޖެހުމުން ސަލާމަތްކޮށް، ބުޅާތައް ދިރިއުޅޭނެ ރައްކާތެރި ސާފު މާހައުލެއް ގާއިމް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތައް މިނިސްޓްރީންދަނީ ސިޓީ ކައުންސިލާއި އެންޖީއޯތަކާއި ގުޅިގެން މަސައްކަތް ކުރަމުންނެވެ.
މިގޮތުން، ފީލައިން ވެލްފެއާ އޯގަނައިޒޭޝަންއިން އިސްނަގައިގެން މާލޭ ސަރަހައްދުގައި އުޅޭ ބުޅާތައް ރަޖިސްޓާކޮށް، ފްލީ ޓްރީޓްމެންޓް ދޭން ވަނީ ފަށައިފައެވެ. އެގޮތުން މި މަސައްކަތުގެ މައިގަނޑު މަޤްސަދަކީ ބުޅަަލުގެ ޒަރިއްޔާއިން ޖެހޭ ބަލިތަކުން ރައްކާތެރިކޮށް، ބުޅާތަކަށް ބޭސް ދީ އަދި ރަޖިސްޓްރީ ކޮށް ބުޅާތަކަށް ރައްކާތެރި މާޙައުލެއް ޤާއިމްކުރުމަށްކަމަށް ފީލައިން ވެލްފެއާ އޯގަނައިޒޭޝަން އިން މައުލޫމާތު ދީފައިވެއެވެ.
މި ހަރަކާތުގައި ދަޑުވެރިކާމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ މިނިސްޓާރ ޑރ. އައިޝަތު ރަމީލާ ބައިވެރިވަޑައިގެން، މިނިސްޓަރު ވަނީ ބުޅަލަކަށް ބޭސްދެއްވައި "ގޯލްޑީ"ގެ ނަމުން ބުޅަލަށް ނަންދެއްވައި ރަޖިސްޓްރީކޮށްދެއްވައިފައެވެ.