އެމްޑީއެމްއޭ އާއި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި ބައްދަލުކޮއްފި

02 ސެޕްޓެމްބަރު 2024

އެމްޑީއެމްއޭ އާއި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާ ދެމެދު މުހިންމު ބައްދަލުވުމެއް ބޭއްވިއްޖެއެވެ. މި ބައްދަލުވުމުގައި ދެ ފަރާތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ކުރިއަށް އޮތްތަނުގައި ކުރަން ހުރި މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.

ބައްދަލުވުމުގައި އެންމެ އިސްކަމެއް ދެވުނީ ވިއްސާރަ މޫސުމުގައި ދަނޑުވެރިންނަށް ލިބޭ ގެއްލުންތަކާ ގުޅޭގޮތުންނެވެ. މިކަމާ ގުޅިގެން އެޅިދާނެ ފިޔަވަޅުތަކާއި، ދަނޑުވެރިންނަށް ލިބެންހުރި އިންޝުއަރެންސް ޚިދުމަތްތަކާ ބެހޭގޮތުން ދަނޑުވެރިން އަހުލުވެރިކުރުވުމަށް ދެފަރާތުން ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވިއެވެ.

މި ބައްދަލުވުމަކީ ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށާއި، ދަނޑުވެރިންނަށް ދިމާވާ ދަތިތައް ޙައްލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ. ދެ މުއައްސަސާގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ކުރިއަށް އޮތްތަނުގައި އިތުރު މަޝްރޫޢުތަކެއް ހިންގުމަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

ގުޅުންހުރި ހަބަރު
އިތުރު ހަބަރު