އެގްރިކަލްޗަރ ސެންސަސްއަށް ތައްޔާރުވުމަށް ބާއްވާ ޓްރެއިނިންގް ޕްރޮގްރާމް ފަށައިފި

30 އޮކްޓޯބަރު 2024

ދަނޑުވެރިކަމުގައި ޙިއްސާވާ ފަރާތްތަކާއި ގުޅޭގޮތުން މަޢުލޫމާތު އެއްކޮށް ދަނޑުވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމުގެ ގޮތުން، ދިވެހިރާއްޖޭގައި ފުރަތަމަފަހަރަށް ދަނޑުވެރިކަމުގެ ސެންސަސްއެއް ހެދުމަށްވަނީ ހަމަޖެހިފައެވެ.

މި ކަމަށް ތައްޔާރުވުމުގެ އެފް.އޭ.އޯގެ އެހީގައި 3 ދުވަހުގެ މުއަދަތަށް ހިންގާ ޓްރެއިނިންގް ޕްރޮގްރާމް މިއަދު ވަނީ އިފްތިތާޙް ކޮށްފައެވެ. މި ޓްރެއިނިންގައި ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާއި ބެހޭ ވުޒާރާގެ އިތުރުން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ބޭފުޅުންވެސް ބައިވެރިވެވަޑައިންނަވައެވެ.

މިތަމްރީން ޕްރޮޤްރާމް އިފްތިތާޙް ކޮށްދެއްވީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްފާޞިލް މަރިޔަމް ވިޝާމާއެވެ. މި ރަސްމިއްޔާތު އިފްތިތާޙްކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ސްޓޭޓް މިނިސްޓަރ މަރިޔަމް ވިޝާމާ ވިދާޅުވީ;

ސެންސަސްއެއް ނެގުމުގެ މައިގަނޑު މަޤްސަދަކީ ދަނޑުވެރިކަމާގުޅޭ އެންމެ އަދާހަމަ ސައްޙަ މަޢުލޫމާތު، ރާއްޖޭގެ އެކި ކަންކޮޅުތަކުން ހޯދުން، އަދި އެމަޢުލޫމާތުތަކަކީ އެކިއެކި އުޞޫލުތައް އެކުލަވާލުމުގައްޔާއި ދަނޑުވެރިކަމާއި ގުޅޭ ޕްރޮގްރާމްތައް ރާވާ ހިންގުމަށްޓަކައި ވަރަށް މުހިންމު އެއްޗެއް

ދަނޑުވެރިކަމުގެ ސެންސަސްއަށް ބޭނުންވާ މަޢުލޫމާތު ނެގުމަށް ހަމަޖެހިފައިވަނީ މިވަގުތު ރަށު ކައުންސިލްތަކުގައި ރަޖިސްޓްރީ ކުރައްވައިގެން ދަނޑުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުންނެވެ. މިގޮތުން ސެންސަސްގެ އަމަލީ މަސައްކަތް ޖުލައި މަހު ފެށުމަށްވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ހަބަރު
އިތުރު ހަބަރު