17 އޮކްޓޯބަރު 2024
ދުނިޔޭގެ ޖަނަވާރުންގެ ދުވަހުގެ މުނާސަބަތުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދިޔަ ހަރަކާތްތަކުގެ އިނާމުދީފިއެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުގައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢާއިޝަތު ރަމީލާއެވެ. މި ރަސްމިއްޔާތުގައި މާލޭގައި ބޭއްވުނު ފެއަރގެ ލަކީ ޑްރޯގެ ވަނަތައް ހާސިލުކުރެއްވި ފަރާތްތަކަށާއި، އުރީދޫ މޯލްޑިވްސްއާ ގުޅިގެން 'ފޮޓޯ ވިތް މައި ޕެޓް' ގެ ނަމުގައި ސޯޝަލް މީޑިއާގައި ކުރިއަށް ގެންދެވުނު ފޮޓޯ މުބާރާތުގެ ވަނަތައް ހޯއްދެވި ފަރާތްތަކަށް އިނާމުތައް ހަވާލުކުރެވުނެވެ.
ފެއަރގެ ލަކީ ޑްރޯޑްރޯގައި އެއްވަނައަށް ހޮވުނީ އަލީ އައިހަމް ޙުސައިން، ދެވަނައަށް މުޙައްމަދު ވާރިދު، އަދި ތިންވަނައަށް އަޒްކާ އިސްމާޢީލް ޝިޔާމްއެވެ. 'ފޮޓޯ ވިތް މައި ޕެޓް' ފޮޓޯ މުބާރާތުގައި އެއްވަނަ ހޯދީ ޒައިލް ނިޒާމް ކަމަށްވާއިރު، ދެވަނައަށް ހޮވުނީ ޖޭސްމިން އިބްރާހިމް ޝަރީފެވެ.
މި ހަރަކާތްތަކަކީ ދުނިޔޭގެ ޖަނަވާރުންގެ ދުވަހާ ގުޅުވައިގެން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދިޔަ ހަރަކާތްތަކެކެވެ. މި ހަރަކާތްތަކުގެ މަޤްޞަދަކީ ޖަނަވާރުންނާ މެދު ހޭލުންތެރިކަން އިތުރުކުރުމާއި، ޖަނަވާރުންނަށް އޯގާތެރިވތެރިވުމުގެ މުހިންމުކަން ފާހަގަކުރުމެވެ.