ދިވެހި ރާއްޖޭގެ ފަރާތުން އިޓަލީގައިހުންނަ އޮނަރަރީ ކޮންސުލް ޕްރޮފެސަރ ލޫކާ ފިއޮރމޮންޓެ އާއި މިނިސްޓަރ ޑރ އައިޝަތު ރަމީލާ ބައްދަލުކުރައްވައިފި.

06 އޯގަސްޓު 2024

ދިވެހި ރާއްޖޭގެ ފަރާތުން އިޓަލީގައިހުންނަ އޮނަރަރީ ކޮންސުލް ޕްރޮފެސަރ ލޫކާ ފިއޮރމޮންޓެ އާއި މިނިސްޓަރ ޑރ އައިޝަތު ރަމީލާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގައި މިއަދު މެންދުރުފަހުއެވެ.

ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއަރުވާ ޒަމާނުއްސުރެ ދަނޑުވެރިކަން ކުރަމުން އަންނަގޮތަށްވުރެ ރަނގަޅު އަދި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމަށް ދަނޑުވެރިންގެ މެދުގައި ޝައުގުވެރިކަން އުފައްދާ އެކަމަށް އަޙުލުވެރިކުރުވުމާއި ގުޅޭގޮތުން މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނެވެ.

އަދި ރާއްޖޭގައި ދަނޑުވެރިކަން ތަރައްގީކުރުމަށް ކުރެވިދާނެ ކަންތައްތަކާއި އެކަމުގައި އެހީތެރިކަން ހޯދާނެ ގޮތްތަކާއި ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

މީގެ އިތުރުން، މިނިސްޓްރީގެ މެންޑޭޓުގައި އަލަށްހިމަނާފައިވާ އެނިމަލް ވެލްފެއަރގެ ބައި ތަރައްގީކޮށް، ރާއްޖޭގައި ވެޓިނަރީގެ ޙިދުމަށް ފުޅާކުރުމަށް ކުރެވިދާނެ ކަންތައް ދެނެގަތުމަށް ބައެއް މަސައްކަތްތައް ކުރުމަށް ވެސް މިބައްދަލުވުމުގައި ވަނީ ވާހަކަ ދައްކާފައެވެ.

ގުޅުންހުރި ހަބަރު
އިތުރު ހަބަރު