ދިރޭތަކެތީގެ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމަށް އެންޖީއޯތަކާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

17 ސެޕްޓެމްބަރު 2024

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ އިސްނެގުމުގެ ދަށުން، ދިރޭތަކެތީގެ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް، ކަމާގުޅުންހުރި އެންޖިއޯތަކާއެކު ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި، ދިރޭތަކެތީގެ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމުގެ މުހިންމުކަމާއި، މި ދުވަސް ފާހަގަކުރުމުގައި އެންޖިއޯތަކުގެ ދައުރާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. މީގެ އިތުރުން، މި ދުވަސް ފާހަގަކުރުމަށް ރޭވިފައިވާ ޙަރަކާތްތަކާ ބެހޭ މަޢުލޫމާތު ބައިވެރިންނާ ހިއްސާކުރެވުނެވެ.

މިނިސްޓްރީގެ ފަރާތުން މި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި، ދިރޭތަކެތީގެ ދުޅަހެޔޮކަން ކަށަވަރުކުރުމަކީ ޤައުމީ ޒިންމާއެއްކަމަށާއި، މިކަމުގައި ސަރުކާރާއި އެންޖިއޯތަކުގެ މެދުގައި އޮންނަ ގުޅުން ވަރަށް މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ދިރޭތަކެތީގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އިތުރަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން އައު ޚިޔާލުތަކެއް ހުށަހެޅުއްވިއެވެ.

ގުޅުންހުރި ހަބަރު
އިތުރު ހަބަރު