10 ޖުލައި 2024
ދަނޑުވެރިކަން ކުރުމަށް ދިގު މުއްދަތަށް ކުއްޔަށް ދީފައިވާ ފަޅު ރައްތަކުގެ މޮނިޓަރިންގ މަސައްކަތް ތާވަކުކޮށް މި ވުޒާރާއިން ފަށައިފިއެވެ.
22 އެޕްރީލް 2024 އިން ފެށިގެން މި ވުޒާރާއިންވަނީ އެ ރަށްތަކަށް މޮނިޓަރިންގ ދަތުރުތައް ކުރަން ފަށާފައެވެ.
ޤާނޫނު ނަންބަރު 20/98 'ދިވެހިރާއްޖޭގެ ފަޅުރަށްރަށާއިބެހޭ ޤާނޫން" އަދި މިހާރު އަމަލުކުރަމުންދާ ގަވާއިދު ނަންބަރު: 2023/R-142 ފަޅުރަށްރަށް ވަރުވާއަށް ލިޔެދިނުމާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރުމާބެހޭ ޤަވާއިދު ގެ ދަށުން ފަޅުރަށްތައް ދަނޑުވެރިކަމަށް ކުއްޔަށްދޫކުރުމާއި ވަރުވާއަށް ލިޔެދިނުމަކީ، މިނިސްޓްރީގެ މެންޑޭޓްގައި ހިމެނިފައިވާ މަސައްކަތްތަކެވެ.