ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް އެކުގައި ގުޅިގެން ކުރިއަށް ގެންދިއުމާއި ގުޅޭ ގޮތުން އެގްރޯނެޓްގެ އިސް ބޭފުޅުންނާއި މި މިނިސްޓަރ އިސްބޭފުޅުން އބައްދަލުކުރައްވައިފި

12 އޯގަސްޓު 2024

ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް އެކުގައި ގުޅިގެން ކުރިއަށް ގެންދިއުމާއި ގުޅޭ ގޮތުން އެގްރޯނެޓްގެ އިސް ބޭފުޅުންނާއި މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ އައިޝަތު ރަމީލާ ބައްދަލުކުރައްވައިފިއެވެ.

އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓްރީގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ދެ ފަރާތް ގުޅިގެން އެކުގައި ދަނޑުވެރިންގެ ދުވަހާއި، ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރެވިދާނެ ގޮތްތަކާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

ދަނޑުވެރިންގެ ދުވަހަކީ އޮކްޓޯބަރުމަހުގެ 15 ވަނަ ދުވަހެއެވެ. ދުނިޔޭގެ ކާބޯތަކެތީގެ ދުވަހަކީ އޮކްޓޯބަރުމަހުގެ 16 ވަނަ ދުވަހެއެވެ.

މި ބައްދަލުކުރެއްވުމުގައި ދަނޑުވެރިކަން ކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތައް ކޮށްފައި ހުރި ތަންތަނުންނާއި ދަނޑުވެރިކަންކުރުމަށް ދިގުމުއްދަތައް ދީފައި ހުރި ރަށްރަށުން އުފައްދާތަކެތި މާރުކޭޓުތަކާއި ހަމައަށް ފޯރުކޮށް ދިނުމާއި، ތަކެތި ގަތުމުގައި އެގްރޯނެޓުގެ އެހީތެރިކަން ހޯދޭނެ ގޮތްތަކާއި ގުޅޭ ގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.

މީގެ އިތުރުން ދަނޑުވެރިން އުފައްދާތަކެތި ބާޒާރަށް ގެނައުމުގައި ދަތިތަކެއް ދިމާވަމުން އަންނާތީވެ، އެކި ސަރަހައްދުތަކުން ވައިގެ މަގުން ތަކެތި ގެނައުމުގައި ފްރައިޓްގެ ހާއްސަ ލުއިގޮތްތަކެއް ހަމަޖައްސައި ދިނުމަށް ރަށްރަށުގައި ދަނޑުވެރިކަން ކުރާ ފަރާތްތަކުން އެދެމުންދާތީވެ، މިކަމުގައި މަސައްކަތްތަކެއް ކުރަމުން ގެންދާވާކަމަށް މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ރަމީލާ ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ހަބަރު
އިތުރު ހަބަރު