ދަނޑުވެރިންގެ ދަނޑުތަކަށް ސޯލާރ ހަކަތައިން ކަަރަންޓް ފޯރުކޮށްދިނުމާއި ގުޅޭ ގޮތުން އެންވާރަމެންޓް މިނިސްޓަރ ބައްދަލު ކުރެއްވުން

29 ޖުލައި 2024

ދަނޑުވެރިންގެ ދަނޑުތަކަށް ސޯލާރ ހަކަތައިން ކަަރަންޓް ފޯރުކޮށްދިނުމާއި ގުޅޭ ގޮތުން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ މިނިސްޓަރު ތޯރިގް އިބްރާހިމާއި މިނިސްޓަރ ޑރ އާއިޝަތު ރަމީލާ މި ހަފްތާގައި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ދަނޑުތަކަށް ތިމާވެއްޓާއި ރައްޓެހި ލުއި ފަސޭހަގޮތަކަށް ކަރަންޓް ފޯރުކޮށްދިނުމަށް ކުރެވެން ހުރި ކަންތައްތަކުގައި ދެ މިނިސްޓްރީ އަށް އެކުގައި މަސައްކަތް ކުރެވިދާނެ ގޮތްތަކާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކުރަށްވާފައެވެ. އަދި ކަމުގެ ޓެކްނިކަލް ބޭފުޅުން ހިމެނޭގޮތައް ދެމިނިސްޓްރީގެ މެދުގައި އިތުރަށް މަސައްކަތްތަކެއް ކުރުމަށްވެސް ދެވަޒީރުން ނިންމެވިއެވެ.

ދެ މިނިސްޓަރުންގެ އިތުރުންތިމާވެށްޓާއި ބެހޭ ވުޒާރާގެ އިސްވެރިންނާއި، އެގްރިކަލްޗަރ މިނިސްޓްރީގެ އިސްވެރިން ވަނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ.

ރައިސުލްޖުމްހޫރިއްޔާގެ އޮފީސް މާލެ, ދިވެހިރާއްޖެ

ގުޅުންހުރި ހަބަރު
އިތުރު ހަބަރު