ޗައިނާގެ ސިޝުއާން ޕްރޮވިންޝިއަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އެންޑް ރޫރަލް އެފެއާޒްގެ ފަރާތުން ރާއްޖޭގެ ދަނޑުވެރިންނަށް ބައެއް މެޝިނަރީ އާއި ޓެސްޓް ކިޓް ހަދިޔާ ކޮށްފި

06 އޯގަސްޓު 2024

ޗައިނާގެ ސިޝުއާން ޕްރޮވިންޝިއަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އެންޑް ރޫރަލް އެފެއާޒްގެ ފަރާތުން ރާއްޖޭގެ ދަނޑުވެރިންނަށް ބައެއް މެޝިނަރީ އާއި ޓެސްޓް ކިޓް ހަދިޔާ ކޮށްފިއެވެ.

ޗައިނީސް ޔުއާންގެ 100،000 އަގު ހުރި މިތަކެއްޗާއި ރަމްޒީގޮތުން ހަވާލުވެ ވަޑައިގެންނެވީ މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ. އައިޝަތު ރަމީލާއެވެ.

ޓެސްޓް ކިޓް ހަވާލުކުރެއްވުން ކުރިއަށް ދިޔައީ ޗައިނާގެ ސިޝުއާން ޕްރޮވިންސާއި ދިވެހިރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން ފުޅާކުރުމުގެ މަޤްޞަދުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއާއި އެމްބަސީ އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އާއި ގުޅިގެން މިއަދު ކުރިއަށްދިޔަ ޓްރޭޑް އެންޑް އިންވެސްޓްމަންޓް ކޮންފަރަންސްގައެވެ.

ގުޅުންހުރި ހަބަރު
އިތުރު ހަބަރު