ޕްރޮކިއުމެންޓް އޮފިސަރ

01 އޮކްޓޯބަރު 2024

• މިނިސްޓްރީގެ އެކިސެކްޝަންތަކާއި ޔުނިޓްތަކުން ހޯދަންބޭނުންވާ ތަކެއްޗާއި ޚިދުމަތް އެޚިދުމަތައް އެދޭ ފަރާތަކުން ބޭނުންވާ ދުވަހަށް ހޯދައި ދިނުމަށް ކުރަންޖެހޭ ކަންތައް އިންތިޒާމްކޮށް ބެލެހެއްޓުން.

• ޚިދުމަތާއި ތަކެތި ހޯދުމަށް އިޢުލާން ކުރަންޖެހޭ ކަންކަމަށް އިޢުލާން ތައްޔާރުކުރުމާއި ފޮނުވުމާއި، މިނިސްޓްރީއިން ހޯދަން ބޭނުންވާ ޚިދުމަތާއި ތަކެއްޗަށް އެކި ފަރާތްތަކުން ހުށަހަޅާ ބިޑް ޑޮކިޔުމެންޓް، އެސްޓިމޭޓް ބަލައިގަތުން ފަދަ ލިޔެކިޔުން ދައުލަތުގެ މާލިއްޔަތުގެ ގަވާޢިދާއި މިނިސްޓްރީއިން ހަމަޖައްސާ އުސޫލުތަކުގެ މަތިން ބަލައިގަތުމާއި އިވެލުއޭޝަނަށް ގެންދިއުން.

• މިނިސްޓްރީއަށް ހޯދާ ޚިދުމަތާއި ތަކެއްތި ހޯދުމަށްޓަކައި ތައްޔާރުކުރަންޖެހޭ އެގްރީމެންޓް އަދި އެގްރިމެންޓާއި ގުޅޭ ލިޔެކިޔުން ކަމާގުޅޭ ސެކްޝަންތަކާ ގުޅިގެން އެގްރިމެންޓް ކުރަންޖެހޭ ވަގުތަށް ތައްޔާރުކުރުން.

• ޤާނޫނީ ގޮތުން ދަޢުލަތުގެ މުދަލާއި ފައިސާގެ ހިސާބުތައް ބެލުމުގެ ޒިންމާދާރު ފަރާތްތަކުން ބަލަން ބޭނުންވާ ލިޔެކިޔުމުގެ ތެރެއިން ޕްރޮކިޔުމަންޓް ޔުނިޓުން ހޯދަންބޭނުންވާ ލިޔުމެއް ނުވަތަ އެހެންވެސް މަޢުލޫމާތެއްވާނަމަ އެލިޔުމެއް ނުވަތަ އެމަޢުލޫމާތެއް ދިނުން.

• ޕްރޮކިއުމަންޓް ޔުނިޓްގެ އަހަރީ ބަޖެޓް ތައްޔާރުކުރުމާއި މިނިސްޓްރީގެ އަހަރީ ބަޖެޓް ތައްޔާރުކުރުމުގެ މަރުހަލާގައި އެހީތެރިވެ ދިނުން.

• ޕްރޮކިޔުމަންޓް ޔުނިޓްގެ މަސައްކަތްތައް ހިންގުމުގައި ޔުނިޓް ހެޑަށް އެހީތެރިވުން.

• ޚިދުމަތާއި ތަކެތި ހޯދުމަށް އިޢުލާން ކުރަންޖެހޭ ކަންކަމަށް އިޢުލާން ތައްޔާރުކުރުމާއި ގެޒެޓް ކުރުން.

• ސެކްޝަންގެ އެހެން މުވައްޒަފެއްގެ މަސައްކަތް ވަގުތަށް ނުނިންމޭ ޙާލަތްތަކުގައި ނުވަތަ އެހެން މުވައްޒަފަކަށް ޙާޒިރުނުވެވޭ ޙާލަތްތަކުގައި އެމުވައްޒަފެއްގެ ވަޒީފާބަޔާނުގައި ހިމެނޭ މަސައްކަތްތަކުން ސެކްޝަންގެ ވެރިޔަކު ވަގުތީ ގޮތުން ޙަވާލުކުރާ މަސައްކަތް ކުރުމާއި އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭ ގޮތުން ކުރަން ޙަވާލުކުރާ މަސައްކަތްކުރުން.

މުއްދަތު ހަމަވާ ތާރީހް:

08 އޮކްޓޯބަރު 2024 1:00 މފ