ހިއުމަން ރިސޯސް އޮފިސަރ

10 އޮކްޓޯބަރު 2024

· މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިންގަމުންދާ ހުރިހާ ތަންތަނުގެ މުވައްޒަފުންގެ މުސާރައާއި އެހެނިހެން އެލަވަންސްތައް ދިނުމުގެ އެންމެހައި މަސައްކަތްތައް މަހުން މަހަށް ކަނޑައެޅޭ މުއްދަތަށް ކުރުން.

· މުވައްޒަފުންގެ އިތުރުގަޑިއާއި، ކްރެޑިޓްސްކީމްތަކާއި، އެހެނިހެން އެލަވަންސްތައް ހަމަޖެއްސުމުގެ އެންމެހައި މަސައްކަތެއް ކުރުން.

· މިނިސްޓްރީގެ މުވައްޒަފުންގެ މުސާރައާއި، ޕެންޝަންއާއި، އެހެނިހެން އިނާޔަތްތަކުގެ މަޢުލޫމާތު އަޕްޑޭޓްކޮށް ބެލެހެއްޓުން.

· އަހަރީ ބަޖެޓް ތައްޔާރު ކުރުމުގައި ވޭތުވެދިޔަ އަހަރަށް ޚަރަދުވި ވަރާއި ކުރިއަށް އޮތް އަހަރަށް އަންދާޒާ ކުރެވޭ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ތައްޔާރު ކުރުން.

· މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިންގަމުންދާ ތަންތަނުގެ ބޭނުމަށް ވަގުތީގޮތުން ލައްވަންޖެހޭ މީހުން ލެއްވުމުގެ އިންތިޒާމްތައް ހަމަޖައްސައި އެކަންކަން ހިންގައި ބެލެހެއްޓުމާއި، ވަގުތީ މުވައްޒަފުންގެ ރެކޯޑްތަކާއި، ކޮންޓްރެކްޓުގައި ތިބި މުވައްޒަފުންގެ ރެކޯޑްތައް ބަލަހައްޓައި، ރެކޯޑް ފައިލްތައް އަޕްޑޭޓްކުރުން.

· ކޮންޓްރެކްޓް އުޞޫލުން ގެންގުޅޭ މީހުން ފުރައިގެން ދިއުމުން ވާރކްވިސާ ކެންސަލް ކުރުމާއި އެމީހުންގެ މަޢުލޫމާތު ޤަވާއިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން.

ސެކްޝަންގެ އެހެން މުވައްޒަފެއްގެ މަސައްކަތް ވަގުތަށް ނުނިމޭ ހާލަތްތަކުގައި ނުވަތަ އެހެން މުވައްޒަފަކަށް ޙާޟިރުނުވެވޭ ހާލަތްތަކުގައި އެމުވައްޒަފެއްގެ ވަޒީފާ ބަޔާނުގައި ހިމެނޭ މަސައްކަތްތަކުން ސެކްޝަންގެ ވެރިޔަކު ވަގުތީ ގޮތުން ޙަވާލުކުރާ މަސައްކަތް ކުރުމާއި އަދި އޮފީހުގެ ރަސްމީ މަސައްކަތްތަކާއި ގުޅޭ ގޮތުން ޙަވާލުކުރެވޭ މަސައްކަތް ކުރުން.

https://gazette.gov.mv/iulaan/311472

އިއުލާން ނަންބަރު:

(IUL)492-HR/492/2024/180

މުއްދަތު ހަމަވާ ތާރީހް:

17 އޮކްޓޯބަރު 2024 1:30 މފ

ރެފެރެންސް ނަންބަރު:

https://gazette.gov.mv/iulaan/311472