30 ސެޕްޓެމްބަރު 2024
· އެގްރިބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ފުޑް ސެކިއުރިޓީ ސެކްޝަންގެ މަސައްކަތްތައް ރާވާ، ހިންގުމާއި އެމަސައްކަތްތައް ކުރިޔަށްދާގޮތް މޮނިޓަރކޮށް ބެލެހެއްޓުމާއި، ސެކްޝަންގެ މުވައްޒަފުންގެ މަސައްކަތްތައް ސްޕަވައިޒް ކުރުން.
· ޤުދުރަތީ ކާރިސާތަކުންނާއި މަސައްކަތުގެ މާހަޢުލުގައި ދިމާވާ ކަންކަމުން ދަނޑުވެރިންނަށް ރައްކާތެރިކަން ހޯދައިދިނުމަށް ސޯޝަލް ޕްރޮޓެކްޝަން ސްކީމްތައް އެކުލަވާލާ، އެސްކީމްތައް މެދުވެރިކޮށް އާންމުންނަށް ޚިދުމަތްދިނުން.
· ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންއާއި އެއްގޮތަށް ދަނޑުވެރިކަމުގެ ވިޔަފާރީގައި ޙަރަކާތްތެރިވާ ފަރާތްތަށް ބާރުވެރިކޮށް އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާ ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް އެކުލަވާލައި ހިންގުން.
· ދަނޑުވެރިކަމުގެ ބާވަތްތަކަށް ފުރިހަމަ އަގު ހޯދުމަށް އެބާވަތްތަކަށް ވެލިޔުއެޑް ކުރުމާއި އިތުރަށް ޕްރޮސެސް ކުރުމަށް ބޭނުންވާނެ ޓެކްނޮލޮޖީއާއި ފަންނީ މަޢުލޫމާތާއި މާލީ އެހީތެރިކަން ދަނޑުވެރިންނަށް ފޯރުކޮށްދިނުން.
· ސަރުކާރުގެ އެހެނިހެން ވުޒާރާތަކާއި ގުޅިގެންކުރާ ދަނޑުވެރިކަމުގެ އިޤްތިޞާދީ މަސައްކަތްތަކުގައި މިނިސްޓްރީން ތަމްސީލްކޮށް އެކަންކަން ހިންގައި ބެލެހެއްޓުން.
· ދަނޑުވެރިކަމުގެ ދާއިރާއާއި ގުޅުންހުރި ބައިނަލްއަޤްވާމީ ބައްދަލުވުންތަކުގައި ބައިވެރިވެ ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ތަމްޞީލުކުރުން.
· ރާއްޖޭގެ އުފެއްދުންތެރިކަމުގެ ސިނާޢަތުގައި ދަނޑުވެރިކަން ޙިއްޞާކުރާ މިންވަރު އިތުރުކުރުމަށް، މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދެވޭނެ ފަދަ ނިޒާމުތައް ޤާއިމްކޮށް ޚިދުމަތްދިނުން.
އެހެން ސެކްޝަނެއް ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފިހާލަތެއްގައި އެ ސެކްޝަން ހިންގުމާއި އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ޙަވާލުކުރާ ކަމެއް ކުރުން.
އެނައުންމެންޓް ނަންބަރ:
(IUL)492-HR/492/2024/174
މުއްދަތު ހަމަވާ ތާރީހް:
07 އޮކްޓޯބަރު 2024 1:30 މފ
ރެފެރެންސް ނަންބަރު:
https://gazette.gov.mv/iulaan/309992