ދަނޑުވެރިކަމުުގައި ބޭނުންކުރާ ޕެސްޓިސައިޑު އިމްޕޯޓްކުރާ ފަރާތްތަކުގެ ސަމާލުކަމަށް

27 އޭޕްރީލު 2021

ޤާނޫނު ނަންބަރު: 21/2019 (ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑު ކޮންޓްރޯލުކުރުމާބެހޭ ޤާނޫނު)ގެ ދަށުން އެކުލަވާލާފައިވާ ގަވާއިދު ނަންބަރު: R-12/2021 (ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑު ކޮންޓްރޯލުކުރުމާބެހޭ ގަވާއިދު) ވަނީ 27 ޖަނަވަރީ 2021 ގައި ދިވެހިރާއްޖޭގެ ގެޒެޓުގައި ޝާއިޢުކުރެވިފައެވެ.

މިގޮތުން ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑުކޮންޓްރޯލުކުރުމާބެހޭ ގަވާއިދުގެ ދަށުން ހެދޭ މިންގަނޑުތަކާއި އެހެނިހެން ލިސްޓުތައް، މި މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިރުކޮށްފައިވާނެއެވެ.

މި ލިޔެކިޔުންތަކުގެ ލިސްޓް ތިރީގައި މިވަނީއެވެ.

- ގަވާއިދުގެ 15 ވަނަ މާއްދާގެ ދަށުން، ދިވެހިރާއްޖޭގައި ޕެސްޓިސައިޑް އިމްޕޯޓްކުރެވޭ ބަނދަރުތަކުގެ ލިސްޓް.

- ގަވާއިދުގެ 83 ވަނަ މާއްދާގެ ދަށުން، ޕެސްޓިސައިޑް ބަލާފާސްކުރުމުގައި ޢަމަލުކުރަންޖެހޭ އިޖުރާތުތަކުގެ މިންގަނޑުތައް.

- ގަވާއިދުގެ 83 ވަނަ މާއްދާގެ (ހ) ގެ ދަށުން ހެދިފައިވާ ޕެސްޓިސައިޑާ ގުޅޭ މުޢާމަލާތްކުރުމުގެ މިންގަނޑުތައް.

މިހެންކަމުން، މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

16 ރަމަޟާން 1442

27 އެޕްރީލް 2021

އިއުލާން ނަންބަރު:

(IUL)30-E3/30/2021/95

އެޓޭޗްމެންޓްސް